مصدر النص: الإيقاظ في تعليم الألفاظ - لموسى ملم كليكفان (ت ١٣٩٠ هـ)
الناشر: مطبع ستاره هند لمطید بكلكته | الطبعة الأولى، ١٣٥٧ هـ - ١٩٣٨ م.
އަސްލު ފޮތުގެ މަސްދަރު: އަލްއީގާޡު ފީ ތަޢުލީމިލް އަލްފާޡު (ބަސްތައް ދަސްކޮށްދިނުމަށް ހޭލުންތެރި ކުރުވުން) | ލިޔުއްވީ: މަލިމް މޫސާ މާފަތްކަލޭގެފާނު (1390 ހ.)
ޗާޕު ކުރީ: ސިތާރަ-އީ-ހިންދު ޕްރެސް، ކޮލްކަޓާ | ފުރަތަމަ ޗާޕު، 1357 ހ. - 1938 މ.
ދިވެހި ފޮތުގެ ޕީޑީއެފް
އަލްއީޤާޡް ޑޭޓާބޭސް ޑިޖިޓައިޒު ކުރުމުގައި އެހީތެރިވި ފަރާތްތައް:
(އަބޫ ޔަޙްޔާ) (އަބޫ ޔަޙްޔާ) މުޙައްމަދު އަޝްރާފު އިބްރާހީމް، ޢަބްދުލް މުޢިއްޒު ރަޝީދު، ޢަލީ ޒިޔާދު، މުޙައްމަދު މާއިޒު މުޢާވިޔަތު، އިބްރާހިމް ސަނީހު، މުޙައްމަދު އިޙްސާން، ޙުސައިން ޞާދިޤު، އިމްތިޠާއު ޢައްބާސް، ޖައިލަމް ޢަބްދުލް ޖަލީލު، އާދަމް އިފްހާމް، ޙަސަން ޒިޔާން، ޢިމާދު ޔޫސުފް، ޙުސައިން ނަޝާޠު، ނިޙްރީރު މާޖިދު ދާވޫދު، މުޙައްމަދު އަޙްމަދު، ޢަބްދު ﷲ އަޙްސަން ސަޢީދު، ބަޝީރު އާދަމް، ޙުސައިން ޖައުޒާން، މުޙައްމަދު މަފާޒު އަޙްމަދު، މުޙައްމަދު ޢާމިލް ޢަލީ، މުޙައްމަދު ޢާދިލު، ނަޡީމް ނިޡާމް، ޢަބްދު ﷲ ޢައްޒާމް ކ.، ޢައްފާން ޙަލީމް، އަޙްމަދު އަޒުހާން، އަޙްމަދު ޝުޖާޢު ޝަރީފު، ޢީސާ ޙުނައިން، މައިހާން ނާޒިމް، މާޒިޔާ މުޢާވިޔަތު، މުޙައްމަދު ފަޟީލް، މުޙައްމަދު ޖަޒްލާން ޢުމަރު، މުޙައްމަދު ވިޝާޙު ޢަލީ، މުޠީޢު އިސްމާޢީލް މުޙައްމަދު، ޝިފާޤް އަޙްމަދު، ޒަހްވާން ނާޒިމް، އަދި އެ ނޫންވެސް އަޚުންނާއި އުޚްތުންނެވެ. — އިތުރު މައުލޫމާތު.
ﷲ އަށް ހަމްދު ކުރަމެވެ. މިއީ 1 މަސްދުވަހުން އަޅުގަނޑުމެން އެކުލަވާލި ޑޭޓާބޭސެކެވެ. މި ޑޭޓާބޭސްގައި 13000 އަށް ވުރެ ގިނަ އެންޓްރީތައް ހިމެނެއެވެ. އެއީ 30000 އަށް ވުރެ ގިނަ ލަފްޒެވެ. މި ބޮޑު މަސައްކަތުގައި ބައިވެރިވީ އަރަބި ބަހާއި ދިވެހި ބަހަށް ޝައުގުވެރިވާ ފަރާތްތަކާއި، ދީނީ ކަންކަމާއި ދައުވަތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އަޚުންނާއި އުޚްތުންނާއި، ތަރުޖަމާ ކުރުމުގެ ފަންނަށް ނުހަނު ލޯބިކުރާ ފަރާތްތަކެކެވެ. އުއްމީދަކީ މި މަސައްކަތުގެ ސަބަބުން ފަސޭހަކަމާއެކީ ބަސްތަކުގެ މާނަ ބެލޭނެ ގޮތެއް ފަހިވެގެން ދިޔުމެވެ. އިރާދަ ކުރެއްވިއްޔާ މި ކަމުގެ ފައިދާ އެންމެހައި ދިވެހިންނަށް ލިބިގެން ދާނެއެވެ. ޔާ ﷲ އެވެ. އަޅަމެންގެ މި މަސައްކަތް ގަބޫލު ކުރައްވާ، މިކަމުގައި ބަރަކާތް ލައްވާށިއެވެ. އަދި އަޅަމެންގެ ހެޔޮ އަމަލުތަކުގެ ތެރޭގައި ހިމަނުއްވާށިއެވެ. އަދި މިއީ ގިޔާމަތަށް ދާންދެން ދެމިގެންދާ ސަދަގާ ޖާރިއާއެއް ކަމުގައި ލައްވާށިއެވެ. އަދި މިކަމުގައި ބައިވެރިވި އެންމެހައި އަޚުންނާއި އުޚްތުންނާއި އެ މީހުންގެ އާއިލާތަކާއި ރަހުމަތްތެރިންނަށް ފާފަ ފުއްސަވާދެއްވާ، ހައްގުގެ މަގަށް މަގުދައްކަވާ، އަދި އެ މަގުގައި ސާބިތުކަން ދެއްވާށިއެވެ. އާމީން.
الأِيْقاظ في تَعْلِيمِ الأَلْفَاظْ - އަލްއީޤާޡް ފީ ތަޢުލީމިލް އަލްފާޡް (ބަސްތައް ދަސްކޮށްދިނުމަށް ހޭލުންތެރި ކުރުވުން) މިއީ މިހާތަނަށް އެނގެން އޮތް ގޮތުން އެންމެ ފުރަތަމަ ލިޔެވުނު އަރަބި - ދިވެހި ބަސްފޮތެވެ. އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު މި ފޮތް ލިޔުއްވީ، އަރަބި ބަސް އުނގެނުމަށް ވަރަށް ގިނަ ދަރިވަރުން ބޭނުންވެގެން އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. އަލްއީޤާޡް، މި ފޮތް ބެހިގެންވަނީ ތިން ބަޔަކަށެވެ. ފުރަތަމަ ބަޔަކީ ނަމުގެ ފޮތެވެ. އޭގައި ވަނީ 6404 ނަމެވެ. ދެވަނަ ބަޔަކީ ކަމުގެ ފޮތެވެ. އޭގައި ވަނީ 1958 ކަމެވެ. އަދި ތިންވަނަ ބަޔަކީ ޖުމްލައިގެ ފޮތެވެ. އޭގައި ވަނީ 798 ޖުމްލައެވެ. މިއީ ވަރަށްވެސް މުހިއްމު ފޮތެކެވެ. އަދި އަރަބި - ދިވެހި ބަސްތަކުގެ މާނަ ހޯދަން ވަރަށް ގިނައިން ދިވެހިން ރުޖޫއަވާ ފޮތެކެވެ. ހާއްސަކޮށް އަރަބި އުނގެނޭ ދަރިވަރުންނާއި ތަރުޖަމާ ކުރުމުގެ ފަންނުގެ އަހުލުވެރިންނެވެ. އެ ގޮތުން ކުރީ ޒަމާނުގައި މެނުވީ ބޭނުން ނުކުރާ ދުރު އެތަކެއް ބަހެއް މި ފޮތުން އެނގިގެން ދެއެވެ. މަލިމް މޫސާ މާފަތްކަލޭގެފާނުގެ މި އަގުހުރި މަސައްކަތުގެ ސަބަބުން އެތަކެއް އަހަރު ފަހުންވެސް އަޅުގަނޑުމެންނަށް ފައިދާ ލިބެމުން ދާކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މާތް ﷲ މި މަސައްކަތުގައި ބަރަކާތް ލައްވާ، މަގްބޫލު ފޮތެއް ކަމުގައި ހިމަނުއްވާށިއެވެ. އާމީން.
މަލިމް މޫސާ މާފަތްކަލޭގެފާނަކީ ކޮން ބޭފުޅެއް؟
އެއީ ކ. ހުރަޔަށް ނިސްބަތްވާ ބޭކަނބަލެއްގެ ބަނޑުން އައްޝައިޚް ކުޑަ ޙަސަން ތަކުރުފާނަށް ލިބިލެއްވި މޫސާފުޅެވެ. ދީނީ ތައުލީމް ރާއްޖޭގައި ފެތުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ބޭކަލެކެވެ. ދިވެހި ބަހުގެ އަދީބެކެވެ. ފޮތްތައް ނެރުއްވި މުސައްނިފެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. ރައިވަރު ހެއްދެވި ޝާއިރެކެވެ. އަދި މަދަރުސަތުއް ސަނިއްޔާގައި އެންމެ ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ. ދިވެހި ދައުލަތުގެ ތަފާތު ފެންވަރުގެ މަގާމްތައް އޭނާ އަދާކުރައްވާފައި ވެއެވެ. އެ ގޮތުން އެތެރެކޮއިލު މިސްކިތުގެ މަލިންކަމާއި، ފަތްލިޔާކަމާއި، ވަޒީރުއް ދާޚިލިއްޔާގެ ނާއިބުކަމާއި، މަޙްކަމަތުއް ދާޚިލިއްޔާގެ ވަކީލުކަމާއި، ރައްޔިތުންގެ މަޖުލީހުގެ ރައީސްކަން ކުރައްވާފައި ވެއެވެ. އޭނާގެ ދަރިދަރިކަލުންނަކީ މަލިމް މުޙައްމަދުފުޅާއި، މަލިމް އިބްރާހީމް ކަލޭފާނާއި، މަލިމް ފާތިމާފުޅެވެ. އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު ނިޔާވީ 18 ނޮވެމްބަރު 1970 ގައެވެ. މާތް ﷲ އޭނާގެ ފާފަ ފުއްސަވާ، ތަނަވަސް ރަހުމަތް ލައްވާށިއެވެ. އާމީން.
ތަކުރާރުކޮށް ކުރެވޭ ސުވާލުތައް
އަލްއީޤާޡްގައި ކުށްތަކެއް ހުންނަނީ ކީއްވެ؟
ފޮތް ލިޔުއްވި މުސައްނިފުގެ ފަރާތުން އައިސްފައިވާ ބައެއް ބަހުގެ ކުށްތައް އެބައުޅެއެވެ. ގޮޅި ބްރެކެޓެއްގައި އޭގެ ރަނގަޅު ގޮތް އަޅުގަނޑުމެން ބަޔާންކޮށްދީފައި ވަނިކޮށް ފެނިދާނެއެވެ. އަދި މީގެ އިތުރުން ޑޭޓާބޭސް އެކުލަވާލި އިރު އެ ހެދި މީހުންގެ ކިބައިން ވަދެފައިވާ ބައެއް ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މި ދެންނެވި ބާވަތުގެ ކުށެއް ފެނިއްޖެ ނަމަ އަނގާލަދެއްވުން އެދެމެވެ.
އަލްއީޤާޡް ވަކި އެޕްލިކޭޝަނަކަށް ނަހަދަނީ ކީއްވެ؟
އެއީ އެޕްލިކޭޝަން އޭގެ މައްޗަށް ބިނާވާ ކޯޑު އާއި އެސެޓުތައް އެކި ތަންތާ އެކި ފަހަރުމަތިން ތަކުރާރު ނުކުރުމަށެވެ. އަދި އެޕްލިކޭޝަން ބަލަހައްޓައި އަދާހަމަކުރަން ފަސޭހަކޮށް، އެއަށް ބޭނުންވާ ރީސޯސްތައް މަދުކޮށް، ސައިޒު ކުޑަކުރުމަށެވެ. ވަކިން އަލްޢީޤާޡު ބަލަން ބޭނުންވަނީ ނަމަ، ބްރައުސާގައި ޓެބްއެއް އެކަމަށް ހުޅުވާފައި ބެހެއްޓިދާނެއެވެ.
އަލްއީޤާޡުގެ އަރަބި ލަފްޒާއި އޭގެ މާނަ ފޯނުގައި އެއް ބަރިއެއްގައި ފެންނަގޮތަށް ނަހަދަނީ ކީއްވެ؟
އެއީ މި ފޮތުގައި ހަމައެކަނި ބަހާއި އޭގެ މާނަ ހިމެނިފައި ނުވާތީއެވެ. އޭގެ އިތުރަށް ދިގު ޕެރެގްރާފްތަކާއި ސަފުހާތަކެއްވާ ލިޔުންތައް ހިމެނެއެވެ. މިހުރިހާ އެއްޗެއް ފޯނުގައި ބަލަން އެންމެ މުނާސަބު ވަނީ މިހާރު މި އިން ގޮތެވެ. ނޫނީ ވިއްޔާ ވަރަށް ހަނި ކޮލަމެއްގައި މި ދެންނެވި ދިގު ލިޔުންތައް ފައްތަން ޖެހޭނެއެވެ. ނޫނީ ލިޔުމުގެ އެއްބައި ސްކްރީނުން ގެއްލޭނެއެވެ. އެހެނަސް އެއް ބަރިއެއްގައި ފެންނަން ބޭނުން ނަމަ ޑެސްކްޓޮޕްގައި ބެލިދާނެއެވެ.
އަލްއީޤާޡް ޕީޑީއެފްއަކަށް ނަހަދަނީ ކީއްވެ؟
ޑޭޓާބޭސް ހެދީ ވުޖޫދުގައި ހުރި ޕީޑީއެފްއަކުންނެވެ. ދެން އޭތި ދެވަނަ ފަހަރަށް އަނެއްކާ ޕީޑީއެފްއަކަށް ހެދުމުގެ ބޭނުމެއް ނުފެނުނެވެ. އެހެންނަމަވެސް މި ޑޭޓާބޭސްއިން އަލްއީގާޡްގެ ލިޔުން ކޮޕީ ކުރެވެން ހުރި ވާހަކަ ދަންނަވާލަމެވެ.
އެބަހީ، އެ ލަފްޒެއް ވަނީ ޕީޑީއެފްގެ 5 ވަނަ ސަފުހާގައެވެ.
ފޮތާ ބެހޭ އަރަބި މައުލޫމާތު
قال محمد قباد أبو بكر: نبذة تعريفية عن كتاب الإيقاظ في تعليم الألفاظ
الإيقاظ في تعليم الألفاظ من اوائل المعاجم اللغوية التي أُلِّفت باللغة المالديفية وضعه الشيخ مَلِمْ موسى مافة كليغيفان،فهذا المعجم يتألف من ثلاث مجموعات. و المجوعة الأولى تختص بالأسماء و سماها المؤلف كتاب الأسماء، و فيها ٦٤٠٤ اسما.
المجموعة الثانية تختص بالأفعال، و فيها ١٩٥٨ فعلا.
و المجموعة الثالثة تشمل جملا مفيدة باللغة العربية و سماها المؤلف كتاب الجمل. و تتكون من ٧٩٨ جملة عربية.
و قد ألف الشيخ هذا المعجم على طلب كثير من الطلبة من الذين يرغبون في تعلُّم اللغة العربية كما ذكر ذلك في مقدمة كتابه.
و لم يؤلَّف أي كتاب آخر لتيسير و تبسيط اللغة العربية للراغبين في دراستها بهذا الحجم.
جزى الله المؤلف جزاء العاملين النافعين بعلمهم.
و قد يسأل سائل هل لهذا الكتاب من مآخذ، فأقول نعم و بكثرة؛و منها: وجود كلمات كثيرة غريبة لا تستخدم إلا في الكتب القديمة، و المبتدؤون لا يحتاجون إلى مثلها إلا في مرحلة متقدمة جدا، و هناك كلمات أشكّ في عربيتها و انها تستخدم باللغة العربية. و كما أن هناك كلمات كثيرة من اللهجة المصرية الدارجة أيضا.