مصدر النص: ترجمة معاني القرآن الكريم - لأبي بكر إبراهيم علي
Dhivehi | Translation of the Meanings of the Noble Quran - Bakurube (Abu Bakr Ibrahim Ali)
އަސްލު ފޮތުގެ މަސްދަރު: ކީރިތި قرآن ގެ މާނަތަކުގެ ތަރުޖަމާ | ލިޔުއްވީ: އަބޫބަކުރު އިބްރާހީމް ޢަލީ (ބަކުރުބެ)
(20/1/2013 މ. - 8/3/1434 ހ. - 72 އަހަރު) | އަޖްޔާދު (ދަގަނޑުތަޅާގެ) / ޅ. ހިންނަވަރު
ފޮތުގެ ޕީޑީއެފް | މުއައްލިފުގެ މައުލޫމާތު
ޙަދީޘްއެމްވީގެ ނޯޓު
މި ތަރުޖަމާ ޑިޖިޓައިޒު ކުރުމުގެ ތެރޭގައި ކުށްތަކެއް ވަނީ ފެނިފައެވެ. ފިލިތަކެއް ނުވަތަ އަކުރުތަކެއް ރަނގަޅުނުވުން ފަދަ ސާފު ކުދި ކަންކަން ވާނީ އިތުރު ބަޔާނެއް ނެތި އިސްލާހު ކުރެވިފައެވެ. އެފަދަ އެތައް ސަތޭކަ ތަނެއް ވާނީ ރަނގަޅުކޮށްފައެވެ. އެއަށް ވުރެ ބޮޑެތި ކުށްތައް ވާނީ ގޮޅި ބްރެކެޓެއް ތެރޭގައި އިސްލާހު ކުރެވިފައެވެ. އަދިވެސް ކިޔުންތެރިންނަށް ކުށްތައް ފާހަގަވާ ވަރަކަށް އަޅުގަނޑުމެން ނޯޓު ކުރަމުން ދާނަމެވެ.
ދަންނާށެވެ. ބަކުރުބެގެ ގުރްއާން ތަރުޖަމާއަކީ އަޅުގަނޑުމެންގެ އެއްޗެއް ނުވަތަ މިލްކެއް ކަމަށް އެއްވެސް ގޮތަކަށް ދައުވާއެއް ނުކުރަމެވެ. ނަމަވެސް ބަކުރުބެއަށް ފަހު މި މުހިއްމު މަސައްކަތައިގެން ތެދުވެ، އެއަށް ޚިދުމަތް ކުރަން އެންމެ އައުލާކަން ބޮޑު ބަޔަކު އެ ކަން ނުކޮށް، އެތަކެއް އަހަރުތަކެއް ވަންދެން މި މަސައްކަތް ނުނެރި، ތާށިކަންމަތީ އަޅާނުލެވި ދޫކޮށްލެވިފައިވާތީ، އަޅުގަނޑުމެންނަށް ފެނުނީ ކުޑަނަމަވެސް ޚިދުމަތެއް ކޮށްދީ، މި މަސައްކަތް ޑިޖިޓައިޒު ކުރުމަށެވެ. އަދި މި މަސައްކަތާ ހަވާލުވާން އެންމެ އެކަށީގެންވާ ބަޔަކު ގާތު މި ކަމުގައި އެހީއެއް ވެދިނުމަށް ވާނީ އެދިފައެވެ. ނަމަވެސް އޭގައި ކުށް ހުންނާތީ، ފުރަތަމަ އެ ތަހުގީގު ކުރަން ޖެހޭ ކަމަށް ބުނެ، އިހަށް އެ ޑިޖިޓައިޒު ކުރަން ނުފެންނަ ކަމަށް އަންގާ އުޒުރުވެރިވެފައި ވެއެވެ. އެހެންކަމުން އޭގައިވާ ކުށްތައް އިސްލާހުކޮށް މުރާޖާ ކޮށްދިނުމަށް ވެސް ވާނީ އެދިފައެވެ. ނަމަވެސް އެ ކަމަށް އިޖާބަ ދިނުމުގެ ބަދަލުގައި ސުވާލު ކުރެވެން ފެށީ ފޮތުގެ ހައްގުތަކާ މެދުގައެވެ. ވީމާ އެހެން ބަޔެއްގެ ފަރާތުން މި މަސައްކަތާ މެދު އެއްވެސް ޝައުގުވެރިކަމެއް އަދި އިސްނެގުމެއް ނަގައިގެން އުޅޭތަން ނުފެންނާތީ، އެންމެ ފަހުން އަޅުގަނޑުމެން މި ތަރުޖަމާ ވާނީ ޑިޖިޓައިޒު ކޮށްފައެވެ. އަދި ތަރުޖަމާގައިވާ ކުށްތަކަށް އިޝާރާތް ކުރެވުމާ އެކީގައި ވީވަރަކުން ކުށްތައްވެސް މި ދަނީ އިސްލާހުކޮށް ފިލުވަމުންނެވެ. وَاللَّهُ المُستَعَانُ وَعَلَيهِ التُّكلَانُ.
ސާރޗު ކުރުމަށް ފަހު އެ އާޔަތެއް ހުރި ތަނަށް ދިޔުމަށް، ދައްކާ ނަތީޖާގައި ދެ ފަހަރު ފިތާލާށެވެ.
އެހެން ތަރުޖަމާއަކަށް ބަދަލު ކުރުމަށް، މެނިއޫއަށް ގޮސް އެހެން ތަރުޖަމާއެއް ޚިޔާރު ކުރާށެވެ. ހަމަ ކުރިންވެސް ކިޔަން ހުރި އާޔަތަށް ދެވޭނެއެވެ.
ފޯނުގައި ކުރީ ނުވަތަ ފަހަތް އާޔަތަށް ދިޔުމަށް، ކަނާތާއި ވާތަށް ސްވައިޕް ކުރާށެވެ. އަދި ޑެސްކްޓޮޕްގައި އެހެން ހެދުމަށް، އެއް ފަހަރު އާޔަތަކަށް ކްލިކް ކުރުމަށް ފަހު، ދެން ކީބޯޑުގައި މައްޗަށް އަދި ތިރި އެރޯ ކީއަށް ފިތާލާށެވެ. އަދި ކޮޕީ ކުރުމަށް ކޮޕީ ބަޓަންއަށް ފިތާލާށެވެ.
މި ސަފުހާގައިވާ އާޔަތްތައް ކޮޕީކުރުމަށް ފަހު، ޑެސްކްޓޮޕް ވޯޑުގައި ރީތިކޮށް ދެއްކުމަށްޓަކައި، އުޘްމާން ޠާހާ ފޮންޓު ބޭނުން ކުރެވިދާނެއެވެ.
ޑެސްކްޓޮޕްގައި އޮފްލައިންކޮށް މި ސަފުހާ ބޭނުންކުރަން އެދޭނަމަ، ބްރައުސާގައި ހުންނަވާއިރު ކީބޯޑުގައި ctrl+s އަށް ފިތާލުމަށްފަހު، ކޮމްޕްލީޓް ވެބްޕޭޖް html. ފައިލެއްހެން ސޭވްކޮށްގެން ބޭނުން ކުރެވިދާނެއެވެ. އޭގެ ފަހުން އަދާހަމަކުރަން އެދޭނަމަ އަލުން އެގޮތަށް ސޭވް ކުރާނީއެވެ.
ބަކުރުބެގެ ތަރުޖަމާ ޑިޖިޓައިޒު ކުރުމުގައި އެހީތެރިވި ފަރާތްތައް
މުޙައްމަދު އަޝްރާފު އިބްރާހީމް، އސ. އިބްރާހީމް ދީދީ، ބބ.، އަޝްފާ މ.، މޫސާ ޢަބްދުލް ޣަނީ، ނިހާން ޢަލީ، ޢަބްދު ﷲ އަޙްސަން ސަޢީދު، މުޙައްމަދު މާއިޒު މުޢާވިޔަތު، ޢަލީ ޝާފިޢީ، މުޙައްމަދު މަފާޒު އަޙްމަދު، މުޙައްމަދު ޢަބްދުއްސައްތާރު، ޢައްވާމް މުޙައްމަދު، މުޙައްމަދު ބިން މޫސާ، އާދަމް އިފްހާމް، އަޙްމަދު އަޙްސަމް، އިބްރާހީމް ޢާދިލު، މުޙައްމަދު ޙަފީޡް، ޒަހްވާން ނާޒިމް، ޚަދީޖާ، ސާމީ އިލްޔާސް، އިސްމާޢީލު ޖުމައިލު މުޙައްމަދު، އަދި އެ ނޫންވެސް އަޚުންނާއި އުޚްތުންނެވެ. — އިތުރު މައުލޫމާތު.
ﷲ އަށް ހަމްދު ކުރަމެވެ. މިއީ 4 މަސްދުވަހުން އަޅުގަނޑުމެން އެކުލަވާލި ޑޭޓާބޭސެކެވެ. މި ޑޭޓާބޭސްގައި 6236 އާޔަތް ހިމެނެއެވެ. އެއިން ކޮންމެ އާޔަތަކަށް ލަފްޒީ އަދި އިޖުމާލީ ތަރުޖަމާއެއް ވެއެވެ. މި ބޮޑު މަސައްކަތުގައި ބައިވެރިވީ އަރަބި ބަހާއި ދިވެހި ބަހަށް ޝައުގުވެރިވާ ފަރާތްތަކާއި، ދީނީ ކަންކަމާއި ދައުވަތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ އަޚުންނާއި އުޚްތުންނާއި، ތަރުޖަމާ ކުރުމުގެ ފަންނަށް ނުހަނު ލޯބިކުރާ ފަރާތްތަކެކެވެ. އެއީ އަގީދާގެ ގޮތުން މައްސަލަ ނެތް ތަރުޖަމާތައް ލިބުން ދަތިވެފައި، ސައްހަ ތަރުޖަމާއަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އުއްމީދަކީ މި މަސައްކަތުގެ ސަބަބުން ފަސޭހަކަމާއެކީ ގުރްއާނުގެ ބަސްތަކުގެ މާނަ ބެލޭނެ ގޮތެއް ފަހިވެގެން ދިޔުމެވެ. އިރާދަ ކުރެއްވިއްޔާ މި ކަމުގެ ފައިދާ އެންމެހައި ދިވެހިންނަށް ލިބިގެން ދާނެއެވެ. ޔާ ﷲ އެވެ. އަޅަމެންގެ މި މަސައްކަތް ގަބޫލު ކުރައްވާ، މިކަމުގައި ބަރަކާތް ލައްވާށިއެވެ. އަދި އަޅަމެންގެ ހެޔޮ އަމަލުތަކުގެ ތެރޭގައި ހިމަނުއްވާށިއެވެ. އަދި މިއީ ގިޔާމަތަށް ދާންދެން ދެމިގެންދާ ސަދަގާ ޖާރިއާއެއް ކަމުގައި ލައްވާށިއެވެ. އަދި މިކަމުގައި ބައިވެރިވި އެންމެހައި އަޚުންނާއި އުޚްތުންނާއި އެ މީހުންގެ އާއިލާތަކާއި ރަހުމަތްތެރިންނަށް ފާފަ ފުއްސަވާދެއްވާ، ހައްގުގެ މަގަށް މަގުދައްކަވާ، އަދި އެ މަގުގައި ސާބިތުކަން ދެއްވާށިއެވެ. އާމީން.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
مقدمة
الحَمْدُ لِلَّهِ الَّذِى لَهُ مَا فِى السَّمواتِ وَمَا فِى الأَرْضِ وَلَهُ الحَمْدُ فِى الآخِرَةِ وَهُوَ الحَكِيمُ الخَبِير وَأَشْهَدُ أَنْ لاَ إلَهَ إلاّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ الَّذِى أَنْزَلَ الْقُرْآنَ عَلَى عَبْدِهِ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الهُدَى وَالفُرْقَان وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ الَّذِى أرْسَلَهُ اللَّهُ هادِيًا لِلثَّقَلَين صَلَّى اللَّهُ عَلَيْهِ وَسَلاَمُهُ دَائِمَينِ إلَى يَوْمِ المَعَادِ وَعَلَى آلِهِ وَأصْحَابِه وَمَنْ تَبِعَهُمْ بِإِحْسَانٍ إلَى يَوْمِ الحِسَابِ . أَمَّابَعْدُ:
ކީރިތި قرآن ގެ މާނަ އުނގެނި ދަސްކުރުމީ އަޅުގަނޑު އެންމެބޮޑަށް شَوْق ވެރިވާ ކަންތައްތަކުގެ ތެރެއިންވެސް އެންމެ شَوْق ވެރިވާ ކަންތަކެވެ. އަޅުގަނޑުގެ عُمْرُ ން އެގާރަ ބާރަ އަހަރުހައި ހިސާބުގައި އެކަމަށް ފެށިއްޖެއެވެ. އެންމެ ފުރަތަމަވެސް މިރޮނގުން އަޅުގަނޑުގެ أُسْتَاذ އަކީ فَضِيلَة الشَّيْخ حُسَين صَلاحُ الدِّين (رحمه اللّه) މަޖައްލާއާއި، އެކިއެކި ލިޔުމުގައި ލިޔުއްވާފައިވާ " قرآن ގެ ترجمة އާއި تفسير މިނަމުގައިވާ مضمون އެވެ. އޭގެފަހުގައި ދެން ފެންނަންފެށީ فضيلة الشّيخ عبد اللّه فَهمِى ދީދީ (رحمه اللّه) ގެ ترجمة ގެ ރީތި عبارة ތަކެވެ. ދެން ހަމަ އެޔާއެކުއެކުހެން الشَّيخُ الحَافِظ آدم سعيد (رحمه اللّه) ގެ ترجمة އެވެ. މި أُسْتَاذُ ންގެ ހިތްފަސޭހަ ތަރުޖަމާތަކަށްފަހު ދެން فَضِيلة الشَّيخ مُحَمَّد جَمِيل ދީދީ (رحمه اللّه) ހިންގެވި ހަވީރުގެ ކުލާހުގައި އިށީނުމުގެ فرصة އަޅުގަނޑަށް ލިބުމަކީ މިކަމަށް ލިބުނު އިތުރު ކުރިއެރުމަކާއި، އާ ހިތްވަރެކެވެ. މި أُسْتَاذُ ންގެ އަތުން އަޅުގަނޑަށް ލިބުނު ތަރުޖަމާތައް އަޅުގަނޑު ދަސްކުރީ ދަސްކުރާހިތުން، ގަޔާވެގެންނެވެ. ދެން މިޔަށްފަހު ދުވަސްތައް ވޭތިވަމުންގޮސް المَدِينَة المُنَوَّرة ގެ الجَامِعَةُ الإِسلامِيَّة ގެ كُلِّيَّة الشَّرِيعَة އެއީ އަޅުގަނޑަށް ލިބިފައިވާ ވަކިވަކި މި ترجمة ކޮޅުތައް ގުޅުވާ، އެއްކޮށްދެއްވި، بَركَاة ތެރި މަރުކަޒެވެ. އެ جَامِعَة ގައި އެގާރަ އަހަރުގެ دِرَاسَة އެއް ނިމިގެން ރާއްޖެ އައިއިރު އަމިއްލައަށް قرآن ގެ كَلِمَة ތަކުގެ މާނަތައް ދިވެހިބަހުން ލިޔުމުގެ شَوْق ވެރިކަން ގަދަވެ އެކަމަށް ފަށައިގަނެވުނީއެވެ.
އަޅުގަނޑުގެ މި ترجمة ލިޔުމުގައި އިސްވެދިޔަ ދިވެހި أُسْتَاذ ންގެ ފަރާތުން ދަސްވި ترجمة ތަކުގެ އިތުރަށް ދެން ترجمة ލިބިގަތުމަށް إختيار ކުރި مُهِمُّ ފޮތްތަކަކީ އެ فَنّ ގައި ފުނަށް ފައިބާފައިވާ އެފަންނުގެ އެދުރުންކަމުގައި މުޅިދުނިޔެއަށް مَشْهُور ބައެއް مُفَسِّر ންގެ ފޮތްފޮތެވެ. އޭގެތެރޭގައި:
(1) جَامِعُ البَيان عَن تَأْوِيل آى القُرْآن = لأبِى جَعْفَر مُحَمَّد بن جَرِير الطَّبَرى
(2) تَفْسِير القُرْآن العَظِيم = لِلحَافِظ عِمَاد الدِّين أبى الفِداء إسماعيل ابن كَثِير القُرَشِى
(3) الجامِعُ لأِحْكَامِ القُرْآن = لأبِى عَبْداللَّه مُحَمَّد بن أحْمَدُ لأنْصَارِى القُرْطُبى
(4) فَتْحُ القَدِير (بَنين فَنىء الرِّوايَة والدِّرايَة) = لِمُحَمَّدُ بن عَلِى بن مُحَمَّد الشَّوكانِى
(5) أيْسَرُ التَّفاسِير = لأبِى بَكْربن جابِر الجَزائِرِى
(6) زُبْدَةُ التَّفْسِير = د. مُحَمَّد سُلَيْمَان عَبْد اللَّه الأشْقَر
(7) النَّفْسِيْرُ المُيَسّر = نُخْبَة مِنَ العُلَمَاء
މިފޮތްތަކާއި، އަދި މިނޫންވެސް ބައެއް ފޮތް ހިމެނެއެވެ.
އަޅުގަނޑުގެ މި ترجمة ލިޔެފައިމިވަނީ މި މަތިވެރި، މާތް أُسْتَاذُ ން عَرَب ބަހުން ލިޔުއްވާފައިވާ قُرْآن ގެ މާނަތަކުގެ ދިވެހި ترجمة އެވެ. އަޅުގަނޑު އަލުން-ބަލުން ފަށައިގެން ކުރި ترجمة އެއް ނޫނެވެ. އެއީ އަޅުގަނޑަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި عِلْمُ التَّفْسِير އަށް ބަލާއިރު، އަޅުގަނޑު މިވަނީ އެހެންވާދީއެއްގައެވެ. ވެރިންއެވަނީ އެހެންވާދީއެއްގައެވެ. ނަމަވެސް އަޅުގަނޑު މިކުރި މަސައްކަތަކީ އެބޭބޭކަލުން ލިޔުއްވި މާނަތައް އަޅުގަނޑަށް އެނގިހުރި ފެންވަރަކުން ހަމައެކަނި ދިވެހިބަހަށް ترجمة ކުރީއެވެ. އެބޭކަލުންގެ މާނައެވެ. އަޅުގަނޑުގެ ދިވެހި ترجمة އެވެ. މިހެންވެ އަޅުގަނޑުގެ މިފޮތަށް ކިޔަން قصد ކުރީވެސް (ކީރިތ قرآن ގެ މާނަތަކުގެ ދިވެހި ترجمة) އެވެ. މިއެވެ.
ދެންފަހެ، މިމާނަތައް ترجمة ކުރުމުގައި އޮޅުން ނުފިލައިފާނޭކަމަށް ލަފާވާ ތަނެއްގައިވިއްޔާ، އެބޭކަލުންގެ އެ تفسير ފޮތްތައް ބަލައިގެން ކުޑަ بيان އެއް ލިޔެފައިވާނެއެވެ. ކިޔުއްވަމުންދާއިރު އެތަންތައް އެނގިލައްވާނެއެވެ. މި ترجمة ގައި އަޅުގަނޑު މަސައްކަތްކުރީ ވީހާ ކުރުކޮށް، ލުއިފަސޭހަކޮށް – އެކަމަކު މާނަޔާ ދުރަށް ނުގޮސް – ދިވެހިބަހުން ވާހަކަދައްކާ މީހުންނަށް اللّه ގެ ބަސްފުޅު ވިސްނައިދެވޭތޯއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގު އަތުވާންއޮތީ މި ބަސްފުޅުތަކުންކަމުގައި ވާތީއެވެ.
ދެން އޮތް އަނެއް ވާހަކަޔަކީ، ދިވެހިބަހުން ވާހަކަދެއްކުމުގައި ރަށްރަށާއި، އަތޮޅުއަތޮޅާއި، ތަންތާ ހުރި ބައެއްތަފާތެވެ. އެހެން އެކަން ހުރީތީ ދިވެހިބަސް ރީތިކުރުމަށްޓަކައި އެހާބޮޑަކަށް މަސައްކަތެއް ނުކުރަމެވެ. މެދުފަންތީގެމީހުނަށް ވިސްނޭފަދަވީމާ ނިމުނީކަމަށް ބެލީއެވެ.– މިސާލަކަށް: 'ތިބާ' ކިޔާ ތަނުގައި 'ކަލޭ' އަދި 'ތިޔަބައިމީހުން' ކިޔާ މާނައިގައި 'ކަލޭމެން' ކިޔުންކަހަލަ، އަދި 'ތިމަންކަލޭގެފާނު' ގެ ބަދަލުގައި 'އަހުރެން' މި كَلِمَة ބޭނުންކުރުންކަހަލަ – ކަންކަމަކަށް މާބޮޑު ފަރުވާއެއް ނުބަހައްޓަމެވެ. ބަސްފުޅު ވިސްނޭފަދަ ވެއްޖިއްޔާ ފުދުނީ ކަމުގައި ބެލީއެވެ.
ދެންފަހެ މި ترجمة އަކީ ދާދި ކުޑަ ތަރުޖަމާއެކެވެ. اللّه ގެ މިންވަރުފުޅު ނިޔާކުރާގޮތުން ދުނިޔޭގައި صِحَّة ސަލާމަތުން ލަހައްޓަވާފައި ހުރިއްޔާ މިފޮތް ފުޅާކޮށް، ތަނަވަސްކުރުމުގެ قَصْد ވަރަށްބޮޑަށް އެބައޮތެވެ. އެބަހީ މިފޮތް މިއޮތްގޮތަށް އޮވެފައި، صَحّ ސަނަދުން ސާބިތުވާ سَبَب النُّزُول ތައް އޭގެ مَحَلّ ތަކަށް އިތުރުކޮށް، އަދި نَبِى ބޭކަލުންގެ قِصَّة ތައް އާދައިގެ ވަރަކަށް بيان ކުރެވި، أحْكَام ގެ އާޔަތްތަކާމެދު ހިސާބަކަށް ވާހަކަދެކެވި، އަދި إختلاف ތަކުގެ مُهِمّ صَفْحة ތައްވެސް ބަލައިލެވޭތޯ ބަލައިލުމުގެ أُمِّيد އެބައޮތެވެ. އޭރުން ދެން އެފޮތް ތަންކޮޅެއް ބޮޑުވެފައި ބަރުވެސްވާނެއެވެ.
އަޅުގަނޑުގެ دعاء އަކީ އަޅުގަނޑުގެ މިترجمة އާދެ! ((ترجمة مَعانِى القُرْآن الكَرِيم)) (قرآنގެމާނަތަކުގެ ތަރުޖަމާ) އަކީ اللّه ބާވައިލެއްވި ކީރިތި قرآن ގެ ترجمة ދިވެހިން ވިސްނައި، فَهْم ކޮށްގަތުމުގެ އެހީތެރި މަދަދުގާރަކުކަމުގައި اللّه ލައްވައިދެއްވުމެވެ. އަދި މިކުރި عمل އަކީ اللّه ރުހިވޮޑިގަންނަވާ ލޯބިވެތި عمل އެއްކަމުގައި ލައްވައި قيامة ދުވަހުން މިއަޅާއާއި، މިއަޅާގެ މައިންބަފައިންގެ ފާފަފުއްސަވައި، ހެޔޮކަމުގެ މީޒާން ބަރުކޮށްދެއްވައި، އެއްވެސް ބިރުވެރިކަމެއްނެތި، އަދި ހިސާބު ބެއްލެވުމަކާނުލައި އެކަލާނގެ فَضْلُ ވަންތަކަމާއި އެކަލާނގެ رَحْمَة ފުޅުން ސުވަރުގެ ވައްދަވައިދެއްވުމެވެ. އޭމަތިވެރިމާތް اللّه އެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަލާނގެކަން يقين އެވެ.
إنَّهُ جَوَادٌ كَرِيم – وَصَلَّى اللَّهُ وَسَلَّمَ عَلَى مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أجْمَعِين وَسَلاَمٌ عَلَى المُرْسَلِين وَالْحَمْدُ لِلَّهِ رَبِّ العالَمِين وَبِاللَّهِ التَّوفِيق
27 رَجَب 1427 هـ
21 އޯގަސްޓް 2006 މ
أبُو بكْر إبْراهِيم عَلِى
هِنَّوَرِى
أعوذ ކިޔުން
މާތްވެގެންވާ قُرْآن ކިޔަވާ ކޮންމެ މީހަކަށްވެސް ﷲ ގެ رَحْمَة ން ފައްސާލެވި އަދި لَعْنَة ލެއްވިގެންވާ شَيْطَان އާގެ ފަރާތުން ރައްކާތެރިވެ ސަލާމަތްކަން ލިބިގަތުމަށް ﷲ ގެ حَضْرَةُ ގައި ދަންނަވާ އެފަރާތުން حِمَايَة ލިބިގަތުން شَرْعُ ކުރެވިގެންވެއެވެ. އެބަހީ أَعُوذ ކިއުން سُنَّة ވެގެންވެއެވެ. اللهُ سُبْحَانَه وَتَعَالَى وَحِى ކުރެއްވިއެވެ. (فَإِذَا قَرَأْتَ القُرْآنَ فَسْتَعِذْ بِا لله مِنَ الشَّيْطَانِ الرَّجِيْم) މިހެނީ ކީރިތި قُرْآن އަކީ މީސްތަކުންނަށްވާ ތެދުމަގަކާއި އަދި ހިތްތަކުގައިވާ އެކިބާވަތުގެ ބަލިބަލީގެ شِفَاء އެކެވެ. އަދި شَيْطَان އެއީ ނުބައިކަމާ އަދި މަގުފުރެދުމުގެ ސަބަބެވެ. މިހެންވެ قُرْآن ކިޔަވާ ކޮންމެމީހަކުވެސް އެ ނުބައި شَيْطَان އާގެ ކިބައިން ރައްކާތެރިވެ ސަލާމަތްކަން ދެއްވުން އެދި ﷲ ގެ حَضْرَةُ ގައި ދަންނަވައި ދުޢާކުރުން އެދެވިގެންވެއެވެ. އެބަހީ أَعُوذ ކިޔުން ހުއްޓެވެ.
عَامُّ ކޮށް ގިނަ عِلْم ވެރީން އެއްބަސް ވެވަޑައިގަންނަވަނީ أَعُوذ އަކީ قُرْآن ގެއާޔަތެއް ނޫކަމަށެވެ. އެހެންވެ مُصْحَفُ ތައް ލިއުމުގައި أَعُوذ ވަކިން ލިޔެވިގެން ނުވަނީއެވެ.
ދެންފަހެ:
أَعُوذ بِا لله ގެ މާނައީ: އެއްކައުވަންތަ ﷲ ގެ حَضْرَةُ ން މިއަޅާ ރައްކާތެރިކަމާއި حِمَايَة ލިބިގަންނަމެވެ.
مِنَ الشَّيْطَانِ: މިއަޅާގެ رَبّ އަށް ކިޔަމަންތެރިކަން އަދާކުރުމާއި އަދި މިއަޅާގެ قُرْآن ކިޔެވުމަށް ހުރަސްއަޅާ ޖިންނިންނާއި އަދި އިންސާނުންގެ ތެރެއިންވެސް ވާ އެންމެހައި شَيْطَان ން ގެ ކިބައިން
الرَّجِيْم ގެމާނައީ: ﷲ ގެ رَحْمَة ން ފައްސައިލެވިގެންވާ ނުވަތަ ރަޖަމު ކުރެވިގެންވާނެ.